އެފްޑީސީން އެޅުމަށް ނިންމި 5،000 ފްލެޓަށް ލޯނު ހަމަޖެހިއްޖެ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މާލެ ސަރަހައްދުގައި އެޅުމަށް ނިންމާފައިވާ ފްލެޓްތަކުގެ ތެރެއިން 5،000 ފްލެޓް އެޅުމަށް ބޭނުންވާ ލޯނު ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނުން ވޮއިސްއަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، 5،000 ފްލެޓް އެޅުމަށް ބޭނުންވާ ލޯނު ޗައިނާގެ ބޭންކަކުން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ބޭންކުން ދިނުމަށް ނިންމި ލޯނުގެ އުސޫލްތައް ކަނޑައެޅިފައިވާ ލިޔުންތައް އިކޮނޮމިކް ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށާއި، ކައުންސިލުން އެކަމަށް ހުއްދަ ދިނުމުން މަޝްރޫޢުގެ ލޯން އެއްބަސްވުމުގައި ޗައިނާގެ ބޭންކާއެކު ސޮއިކުރެވޭނޭ ކަމަށެވެ.
އެފްޑިސީން މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުންކަމަށް އެފްޑީސީން ބުނެއެވެ. އެފްޑީސީން ބުނީ މި ފްލެޓްތަކުގެ އިތުރުންވެސް އިތުރު ފުލެޓްތައް އެޅުމަށް ލޯނު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެފްޑިސީން ވަނީ 13،000 ފްލެޓް އެޅުމަށް ނިންމާފައެވެ. މި ފްލެޓްތައް އެޅުމަށް 3 ކުންފުންޏަކާއެކު ވަނީ ފްލޭމްވަރކް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
Advertisement
އެފްޑިސީން މިހާރު ދަނީ ކުރީ ސަރުކާރުން އެޅި 4،000 ފްލެޓްގެ ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކާ ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ތަރައްޤީކުރަމުންދާ ފްލެޓްތަކެކެވެ. މި ފްލެޓްތައް އެޅުމުގެ އަގެއްގެ ގޮތުގައި ހަމަޖެހިފައިވަނީ 267 މިލިއަން ޑޮލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ