ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލޭ ފޭސް ދޭކުން ގޯއްޗެއް ހޯދަން އުޅުނު މައްސަލައިގައި ތުހުމަތުކުރެވޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދު ހުޅުމާލެއިން ގަތް އެޕާޓްމަންޓަކީ 2017 ގައި އެޗްޑީއެފްސީން ނެގި ލޯނެއްގައި ކަމަށް އޭނާ ބުނެފި އެވެ.
ފަޒީލް ހުޅުމާލެއިން އެޕާޓްމަންޓެއް ގަތް ކަމަށް ބުނެ ނޫހަކުން ރިޕޯޓުކުރުމުން އޭނާ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެއިން އެޕާޓްމަންޓް ގަތީ ބެޗް ކޮންސްޓްރަކްޝަން އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނޮވެމްބަރު 20، 2017 ގައި ގަނެ، އޯގަސްޓް 20، 2019 ގައި ފައިސާ ދައްކާފައިވާ އެޕާޓްމަންޓެއް ކަމަށެވެ.
"ފައިސާ ދައްކާފައި ވަނީ އެޗްޑީއެފްސީން 2017 ވަނަ އަހަރު ނަގާފައިވާ ލޯނު މެދުވެރިކޮށް. އެޗްޑީއެފްސީން ނަގާފައިވާ ލޯނު އަދިވެސް ފައިސާ ދައްކާ ނިމިފައި ނުވޭ،" އޭނާ ބުންޏެވެ.
ފަޒީލް ބުނީ އެޕާޓްމަންޓަށް ދައްކަން ޖެހޭ ފައިސާ ލޯނު މެދުވެރިކޮށް ދެއްކި ނަމަވެސް، އެ އެޕާޓްމަންޓް އޭނާގެ ނަމަށް ބަދަލު ކުރުން ލަސްވަމުންދާތީ އެކަމުގެ ޝަކުވާ މިދިޔަ އަހަރުތަކުގައި ބެޗް ކޮންސްޓްރަކްޝަންއާ ހިއްސާކުރި ކަމަށެވެ.
ފަޒީލް ހުޅުމާލެއިން އެޗްޑީއެފްސީގެ ހައުސިން ލޯނު ސްކީމްގެ މެދުވެރިކޮށް އެޕާޓްމަންޓް ގަނެފައި ވަނީ 1.18 މިލިއަން ރުފިޔާއަށެވެ. އެ ލޯނު 17 އަހަރު ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭއިރު، މަހަކު 11،936ރ. ދައްކަން ޖެހެ އެވެ.
ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ފަޒީލްގެ ބޭބެ އަދި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށެވެ. އެ މައްސަލައިގައި ހިމެނޭ ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވެރިފަރާތް ކަމަށް ވަގު ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރަނީ ފަޒީލަށެވެ.
ފަޒީލް ރަޝީދަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހެކެވެ. ނަމަވެސް އޭނާއަކީ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީ، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް އޮތީ ނިންމާފަ އެވެ.
ގޯތި ވައްކަމުގެ މައްސަލައާ ގުޅިގެން ފަޒީލް އެމްޑަބްލިއުއެސްސީން ސަސްޕެންޑުކޮށް، ޕާސްޕޯޓު ވެސް ހިފެހެއްޓި އެވެ. އޭނާގެ ޕާސްޕޯޓު މިހާރު ދޫކޮށްލާފައިވީ ނަމަވެސް، ސަސްޕެންޝަން އުވައެއް ނުލަ އެވެ.
ހުޅުމާލެއިން އެޕާޓްމަންޓެއް ގަތީ 2017 ވަނަ އަހަރު އެޗްޑީއެފްސީން ލޯނެއް ނަގައިގެން ކަމަށް ފަޒީލް ބުނެފި ހުޅުމާލެއިން އެޕާޓްމަންޓެއް ގަތީ 2017 ވަނަ އަހަރު އެޗްޑީއެފްސީން ލޯނެއް ނަގައިގެން ކަމަށް ފަޒީލް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ