މާލެ ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ވެހިކަލްގެ އަދަދު ނުވަތަ ކެރީން ކެޕޭސިޓީ ކަނޑައެޅުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީން ތައްޔާރުކުރި ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ނިންމި އެވެ.
މާލެ ސިޓީ ކައުންސިލުގެ އިއްޔެގެ ޖަލްސާގައި, ކެރީން ކެޕޭސިޓީ ކަނޑައެޅުމަށް ތައްޔާރު ކޮށްފައި އޮތް ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދަން މިއަދު ހުޅުވައިލަން ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމް އެވެ.
އޭނާ ހުށަހެޅުއްވި ގޮތަށް އެކަން ކުރަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
އާޒިމް ހުށަހެޅުއްވީ އައިޔޫއެމްގެ ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދަން ދެ ހަފުތާގެ މުއްދަތެއް ދިނުމަށެވެ. އޭނާ ވިދާޅުވީ މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ކަނޑައެޅުމަކީ ވަރަށް ބޮޑު ނިންމުމަކަށް ވާއިރު، އާންމުންގެ ބަހެއް ނެތި އެކަން ކޮށްގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މީގެ ބޭނުމަކީ ޕަބްލިކާ ވަރަށް ގުޅުންހުރި ކަމަކަށް ވާތީއާ އެއްކޮށް ޕަބްލިކްގެ ހިޔާލާ އެއްކޮށް މިވަރުގެ ބޮޑުކަމެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ އަޅުގަނޑު މި ހުށަހަޅައިލަނީ މީތި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ފޮނުވާފައި އަދި ޕަބްލިކަށް ވެސް ހުޅުވައިލަން ދެ ހަފުތާ ވަންދެން ކޮމެންޓު ކުރުމަށްޓަކައި އެ ބޭފުޅުންގެ ކޮމެންޓަށް،" އާޒިމް ވިދާޅުވި އެވެ.
އެ ރިޕޯޓުގައި ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުގައި ރެޖިސްޓްރީކޮށް ދުއްވާ އުޅަނދުގެ އަދަދު 89،413 ގައި ހިފެހެއްޓުމަށެވެ. އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ 1000 މީހަކަށް 321 ވެހިކަލެވެ.
އާޒިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ފާސްކުރިތާ ހަ މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ކަނޑައެޅަން ޖެހޭ ކަމަށެވެ. ލާމަރުކަޒީ ގާނޫނު ފާސްކުރީ 2020 ގަ އެވެ. ނަމަވެސް އޭރު މޭޔަރުކަމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް އޮތީ އޭގެ އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ.
ހުލާސާކޮށް އިއްޔެ: މުއިއްޒު އަށް ނުވި ކަންތައް އާޒިމު ކުރަނީ ހުލާސާކޮށް އިއްޔެ: މުއިއްޒު އަށް ނުވި ކަންތައް އާޒިމު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ