ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގެންފި، ނުރަސްމީ ދަތުރުފުޅެއް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
އެކަން ރައީސް އޮފީހުން މިރޭ ވަނީ އިއުލާނު ކުރައްވާފަ އެވެ.
މިއީ ނުރަސްމީ ދަތުރުފުޅެއް ކަމުން ދަތުރުފުޅުގެ އެއްވެެސް ތަފްްސީލެއް ހާމައެއް ނުކުރައްވަ އެވެ. އެހެން ކަމުން މިއީ ކިތަށް ދުވަހުގެ ދަތުރުފުޅެއް ކަމެއް ސާފެއް ނުވެ އެވެ.
ދާދި ފަހުން ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ، މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފައިވާއިރު ނިމިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެތެރޭ ރައީސް ވަނީ ނ އަތޮޅުގެ 13 ރަށަކަށް ވަޑައިގެންފަ އެވެ. އަދި މި މުއްދަތުގައި އިންޑިއާގެ ބޮޑުވަޒީރާއި ލަންކާގެ ރައީސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ