ސޯޝަލް މީޑިއާގައި ރައީސްއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ބަލަނީ ސޯޝަލް މީޑިއާގައި ރައީސްއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ބަލަނީ

ސޯޝަލް މީޑިއާގައި ރައީސް މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ މުއިއްޒުއަށް އިންޒާރު ދިން މައްސަލަ ބަލަން ފެށީ އިންޒާރު ދިން ޕޯސްޓު ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ކަމަށެވެ.
"ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް ސަމާލު ކަމަށް އައީ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބޭން ދިރާސާ ކުރަން މުއިއްޒު އެންގެވި ހަބަރު ފޭސްބުކްގައި ޝެއާކޮށް އެންމެ ފުރަތަމަ މަރައިލަން ޖެހެނީ މުއިއްޒު ކަމަށް ދޭހަވާ ގޮތަށް ލިޔުނީ މަސީހް މޫސާ ނަމަކަށް ކިޔާ އެކައުންޓަކުންނެވެ.
ސޯޝަލް މީޑިއާގައި މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 9، ގައި ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު، 40 ހައްޔަރު ކުރި އެވެ. މުއިއްޒު މޭޔަރަކަށް ހުންނަވަނިކޮށް މަރުގެ އިންޒާރު ދިން މައްސަލައެއް ވެސް ފުލުހުން ބަލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ