ހަ ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތުކުރަން 23 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

ހަ ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަމިއްލަ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހއ. ތުރާކުނު، ހއ. ވަށަފަރު، ށ. ޅައިމަގު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫގެ ހެލްތު ސެންޓަރުގެ މަސައްކަތްތައް 23.5 މިލިއަން ރުފިޔާއަށް ހަވާލުކުރީ ތިން ކުންފުންޏަކާ އެވެ.ވަށަފަރާއި ތުރާކުނުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުންޏާ އެވެ. އެ ތަނުގައި ވޯޑަކާއި ޕްރައިވެޓް ރޫމާއި ލެބޯޓްރީ އާއި ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ގަރާޖް އަދި ގުދަނެއް ހަދަން ދިނީ 4.8 މިލިއަން ރުފިޔާއަށެވެ. އެއީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.ޅައިމަގު ސިއްހީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާ އަށެވެ.މަގޫދޫ، ބިލެއްދޫ އަދި ފ. ދަރަނބޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.މަގޫދޫ ސިއްހީ މަރުކަޒުގެ މަސައްކަތް 4.8 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު ބިލަތްދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ 4.3 މިލިއަން ރުފިޔާ އަށެވެ. އަދި ދަރަނބޫދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާ އަށެވެ.އެކި ރަށްރަށުގައި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން އާ އިމާރާތްތައް އަޅަން ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން މިހާރު ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ