ރާއްޖެއިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިއްސަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމުލަ ނުވަ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި މިވަގުތު ފަސް ކޭސްގެ އިންވެސްޓިގޭޝަން ދަނީ ކުރެވެމުން ކަމަށެވެ.
ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް، އަދި ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ހިމަބިސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތައް:
މި ބައްޔަކީ ނޭވާލާ ނިޒާމުގެ ތެރެއިން، ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އެޅުމުގެ ތެރެއިން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. އަދި ހަށިގަނޑުން ބިހިތައް ފެނުމުގެ ހަތަރު ދުވަސް ކުރިންނާއި ބިހި ނަގާ ހަތަރު ދުވަސް ފަހުން ވެސް އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
ހިމަބިހީގެ އިތުރު ދެ ކޭސް، ޖުމްލަ އަދަދު 9 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ