ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިފްކޯއިން ބުނެފިއެވެ.
އެގޮތުން، މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތުގެ ތެރެއިން މިފްކޯއިން ވަނީ، އަތޮޅުތެރޭގައި ހުޅުވި މިފްކޯގެ ފުރަތަމަ އައުޓްލެޓް މި އަހަރުގެ މޭ މަހުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވާ، އަދި މިފްކޯގެ އުފެއްދުންތައް އާންމު ރައްޔިތުންނާ ހަމައަށް އަގުހެޔޮކޮށް އަދި ލުއިފަސޭހަކޮށް ފޯރުކޮށްދިނުން. ދާދިފަހުން ވާނެ އައްޑޫ ހިތަދޫގަ މިފްކޯގެ ފިހާރައެއް ހުޅުވާފައި. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވައި، އުފެއްދުންތައް ފަސޭހަގޮތެއްގަ ފޯރުކޮށްދިނުން." ސީއޯއޯ ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހީން އާންމުކޮށް އުޅޭ ޤައުމުތަކުގައިވެސް މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިފްކޯގެ އައުޓްލެޓެއް ލަންކާގައިވެސް ވަނީ ހުޅުވާފައެވެ. މިފްކޯއިން ސްރީލަންކާގައި އިފްތިތާޙuކޮށްފައިވާ ތަކެތީގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި، އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކެޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެއެވެ.
އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ