ލަންކާގެ މަސްބޯޓެއް ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ދައުލަތަށް ނަގައިފި

މިއީ، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު، ލަންކާގެ މަސްބޯޓެއް، ހުއްދަނެތި ރާއްޖޭގެ ސަރަހައްދަށް ވަތް މައްސަލައެކެވެ.
މި މައްސަލައިގެ ޝަރީއަތުގައި ބޯޓުގެ ވެރިފަރާތުން ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދަށް ވަދެވުނީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުން ހުއްދަ ނެތި މަސްވެރިކަން ކޮށްފައި ނުވާނެ ކަމަށާއި، އަދި ރާއްޖެ ސަރަހައްދުގައި ދާ އެޅި ކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ތެރެއިން، ހުއްދަނެތި ވަންނަ ބޯޓުފަހަރާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާއިރު، ބައެއް ފަހަރު ހާލުގައި ޖެހިގެން ވެސް ބޭރުގެ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުން ފެންނަމުންދާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ