ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ދަށުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި، ސަރަހައްދީ ފުޓްބޯޅަ އެސޯސިއޭޝަންތައް އުފެއްދުމަށް ނިންމައި، ފުރަތަމަ ފަހަރަށް ރާއްޖޭގައި ފުޓްބޯޅަ ލާމަރުކަޒުކުރަން އެފްއޭއެމް އިން ނިންމައިފިއެވެ.
އިއްޔެ ބޭއްވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ހަތަރު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަނެއް އުފެއްދުމަށް ވަނީ ރަސްމީކޮށް ނިންމާފަ އެވެ. އަލަށް އުފެއްދުމަށް ނިންމާފައިވާ ހަތަރު އެސޯސިއޭޝަނަކީ ނޯތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، އަދި ސައުތު ރީޖަން އެސޯސިއޭޝަން އެވެ.
އެފްއޭއެމްގެ މިހާރުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިދިޔަ އަހަރު އެސޯސިއޭޝަނުގެ ރައީސްކަމަށް އިންތިހާބުވުމުގެ ކުރިން ވެސް އާ އަސާސީ ގަވާއިދުގައި ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދަން ހިމަނަން ހުށަހެޅުއްވި އެވެ. އެކަމަކު ފީފާ އިން އޭރު އެންގީ މީގެ ކުރިން ވެސް ރާއްޖޭން އެގޮތަށް އަސާސީ ގަވާއިދުގައި ހިމަނައި އަމަލުކޮށްފައިނުވާތީ ފުރަތަމަ އަސާސީ ކަންކަން ފުރިހަމަކުރުމަށެވެ.
ފުޓްބޯޅަ ލާމަރުކަޒުކުރަން ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ