ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް އެޒްޓެކާ ސްޓޭޑިއަމްގައި ކުޅޭ މެޗަށް ތައްޔާރުވުމުގައި ދިމާވި ގޮންޖެހުންތަކާ އެކުވެސް ”ބޯ ގޮވައިގެން ނުވާނެ“ ކަމަށްބުނެ، ހަމަޖެހިގެން ތިބުމަށް އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް ކުޅުންތެރިންނަށް ގޮވާލައިފިއެވެ.
ސަޕޯޓަރުންގެ ސަލާމަތާއި ގުގުރުމާއި ވިއްސާރައިގެ ކަންބޮޑުވުންތަކާ ހެދި ފީފާއިން މެޗުގެ ގަޑި ހަ ގަޑިއިރު އަވަސްކުރުމާ މެދު މަޝްވަރާކުރުމަށް ފަހު އެ ނިންމުން ދޫކޮށްލުމުން އިންގްލެންޑު ޓީމު މެކްސިކޯ ސިޓީއަށް ދަތުރުކުރީ ކަންކަން ނޭނގޭ ހާލަތެއްގައެވެ. ކަނޑުގެ ސަތަހައިން 2،240 މީޓަރު އުހުގައި އޮންނަ މެކްސިކޯ ސިޓީގެ އުސްމިނަށް ހޭނުމަށްޓަކައި ޓީމު އާންމުކޮށް ދަތުރުކުރާ ދުވަހަށްވުރެ އެއް ދުވަސް ކުރިން ފޮނުވައި ޕޫމާސް ޔޫއެންއޭއެމްގެ ޓްރެއިނިން ކޮމްޕްލެކްސްގައި އިނގިރޭސި ޓީމުން ފަރިތަކުރުންތައް ބާއްވައެވެ.
ޓުޗެލް ބުނީ ބޮޑެތި ސްޓޭޖުތަކުގައި އެހާ ގިނަ އަޑުތައް އިވޭނެ ކަމަށާއި އެކަމަކު ތައްޔާރުވުމަށް ވަރަށް ފޯކަސްކުރަން ޖެހޭނެ ކަމަށެވެ. އަދި ކިކްއޮފް ގަޑި ބަދަލުވެދާނެކަން ކުޅުންތެރިންނަށް ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.
”ބޯ ގޮވައިގެން އުޅުމުގެ ބޭނުމެއް ނެތް. މެކްސިކޯ އާންމުކޮށް އެ ޓީމުގެ ހޯމް މެޗުތައް ވަރަށް ވަރުގަދަކޮށް ފަށާ، ފުރަތަމަ 15-20 މިނެޓު އަހަރެމެންނަށް އެންމެ އުނދަގޫ ވަގުތަށް ވާނެ،“ އޭނާ ބުންޏެވެ.
ޓުޗެލް ބުނީ މެކްސިކޯގެ އުސްމިން ފުރަތަމަ ކުޅުންތެރިންނަށް އިހުސާސްވި ކަމަށާއި ފަރިތަކުރުން ކުރިއަށްދިޔަ ވަރަކަށް ހޭނެމުން ދިޔަ ކަމަށެވެ. އަދި މެކްސިކޯ ސަޕޯޓަރުން ހޮޓެލް ކައިރީ އުނދަގޫކޮށްފާނެ ކަމުގެ ކަންބޮޑުވުމާ ގުޅޭގޮތުން ޓުކެލް ބުނީ ފީފާއާއި ސެކިއުރިޓީން ހާލަތު ބެލެހެއްޓި ކަމަށާއި އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ.
އެކުއެޑޯ ޓީމަށް ގަދަ 32 ގެ ބުރުގައި މެކްސިކޯއާ ދެކޮޅަށް ކުޅުމުގެ ކުރީ ރޭ ހޮޓެލް ކައިރީ ބަޑިބޭހާއި ހަވާ އެރުވުމުން ފީފާއަށް ޝަކުވާ ހުށަހެޅުމާ ގުޅިގެން އިންގްލެންޑުން ޓީމުގެ ހޮޓެލް ސިއްރުކުރަން މަސައްކަތްކޮށްފައިވެއެވެ.
ވޯލްޑް ކަޕް ގަދަ 16 ގައި އިންގްލެންޑުން މެކްސިކޯއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން ފަތިހު 5:00 ގައެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް އިންގްލެންޑް ޓީމު ބޯ ގޮވައިގެން ނުވާނެ، ހަމަޖެހެން ޖެހޭ: ޓުޗެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ