މީގެ ކުރިން ފުލުހުން ހިންގާ ޑުރަގް އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ޑުރަގް ނުފޫޒުގެ ތެރެއިން އަނބުރާ މުޖުތަމައުގެ ތެރެއަށްދާ ވާހަކަ އިވުނު ނަމަވެސް, މިހާރު އެ ވާހަކަ ވަރަށް ނީވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ ’ދަ ޕަލްސް’ގެ ތިންވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ, ޑުރަގުގެ ކަންކަމުގައި ފުލުހުންގެ ތެރޭގައި ނޭދެވޭ ނުފޫޒުތަކެއް މީގެ ކުރިން ހުރި ކަމަށެވެ. ނަމަވެސް އެ ވަކިތައް ނައްތާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.
”މީގެ ކުރީގައި އަޅުގަނޑު އައިސް ބަލާލި އިރުގައި ފުލުހުންގެ ތެރޭގައި ނޭދެވޭ ނުފޫޒުތައް އެބަހުރި ޑުރަގް އެންފޯސްމަންޓުގެ ކަންކަން, މިސާލަކަށް ރެއިޑުކޮށްގެން ހޯދާ ތަކެތި އަނެއްކާވެސް އަނބުރާ މުޖުތަމައުގެ ތެރެއަށް ދިއުމާއި ނުބައި ނުފޫޒުތަކެއް ހުރި. އެ ވަކިތައްވެސް ނައްތާލައި, އިރާދަކުރެއްވިއްޔާ, ފުލުހުންގެ އިދާރާ ތެރޭގައި މިހާރު ވަރަށް ނީވޭނެ މި ދެންނެވި ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ޑުރަގުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި ފުލުހުންގެ ގާބިލުކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ ޑުރަގާ ގުޅުންހުރި ގޭންގު ކުށްތައްވެސް މަދުވެ, ގޭންގު ރިލޭޓެޑް މަރުތައްވެސް ނުހިނގުން ކަމަށް ވިދާޅުވި އެވެ.
މީގެ ކުރީން ފުލުހުން ހޯދާ ޑުރަގް ނުފޫޒުގެ ތެރެއިން ދޫވޭ, މިހާރު އެ ވާހަކަ ވަރަށް ނީވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ