މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ މެޗުތައް ގެނެސްދިނުމުގައި އަހުލާގީ މިންގަނޑާ ހިލާފު ނުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ވޯލްޑްކަޕްގެ ފޯރި ގަދަވަމުން އަންނަ މި ދަނޑިވަޅުގައި، މެޗުތައް ބްރޯޑްކާސްޓްކުރުމާއި ހަބަރު ފެތުރުމުގައި އިސްލާމީ އަހުލާގީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކޮށްފަ އެވެ.
"މެޗުތައް ދުރަށް ފޮނުވަމުން ދާއިރު އަހްލާގީ މިންގަނޑާ ހިލާފު އަޑުތަކާއި މަންޒަރުތަކަށް ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ސަމާލުވުމަށާއި ހަބަރާއި މައުލޫމާތު ގެނެސްދޭއިރު ވެސް އިސްލާމްދީނާއި ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް އެންމެހާ ބްރޯޑްކާސްޓަރުންނާއި ނޫސްތަކަށް އިލްތިމާސްކުރަމެވެ."
މި ބަޔާން ނެރުނީ ވަކި މައްސަލައަކާ ގުޅިގެން ކަމެއް އެ ބަޔާނުން އެނގޭކަށް ނެތެވެ.
ރާއްޖޭގައި މިފަހަރުގެ ވޯލްޑްކަޕް ދެއްކުމުގެ ހުއްދަ އޮތީ ހަމަ އެކަނި ދައުލަތުގެ މީޑިއާ ޕީއެސްއެމް އާއި މީޑިއާނެޓަށެވެ.
މިދިޔަ މަހުގެ 11 ގައި ފެށި ވޯލްޑް ކަޕް މި މަހުގެ 19 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މުބާރާތުގެ މެޗްތައް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުޅޭއިރު މިހާރު ކުރިއަށްދަނީ ގަދަ 16 ކަނޑައަޅާ މެޗުތަކެވެ.
ވޯލްޑް ކަޕް މެޗުތައް ދައްކާއިރު އަހުލާގީ މިންގަނޑާ ހިލާފު ނުވާން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ