ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ހައްޖު ކޯޕަރޭޝަނުގެ އެމްޑީގެ މަގާމަށް ފިރުޒުލް އައްޔަންކުރީ އެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް، އިލެކްޝަން ކޮމިޝަނުގެ މެންބަރަކަށް އައްޔަންކުރުމުން އެ މަގާމު ހުސްވުމުންނެވެ.
ތަފްސީލް - ފިރުޒުލް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަސެކްޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގަ އެވެ. މީގެ އިތުރުން ވެރިކަން ކުރާ ޕީއެންސީގެ ތަރުޖަމާނަކީ ވެސް އޭނާ އެވެ.
ފިރުޒުލް ވަނީ އިންތިގާލީ މަރުހަލާގައި ރައީސް މުހައްމަދު މުއިއްޒުގެ އިންތިގާލީ އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވައިފަ އެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ