އެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫގައި ޤާއިމްކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކޯލް ސެންޓަރު، އެންސްޕާ އައްޑޫ އޮފީހުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
އެންސްޕާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ އެޖެންސީގެ ކޯލް ސެންޓަރު އައްޑޫ އޮފީހުގައި ޤާއިމްކޮށް، ޚިދުމަތް ދޭން މިއަދު ފަށާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ކޯލް ސެންޓަރުގެ ޚިދުމަތުގެ ގަޑިތައްވެސް އިތުރުކޮށްފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން، ކުރިން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ދެމުން އައި ކޯލް ސެންޓަރުގެ ޚިދުމަތް، މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މިއީ އެ އެޖެންސީގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ވީހާވެސް ފަސޭހަކަމާއެކު ޚިދުމަތްތަކުގެ މަޢުލޫމާތާއި އެހީތަކުގެ އަދާހަމަ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގެނެވެނު ބަދަލެއް ކަމަށް އެންސްޕާއިން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ