އެސްޓީއޯގެ ފާމަސީތައް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި

އެސްޓީއޯ އިން ހިންގަމުންދިޔަ ފާމަސީތައް، އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް (ސްޓޭޓްފާމާ) ގެ ދަށަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި އެވެ. 
ސްޓޭޓްފާމާގެ ދަށަށް އެސްޓީއޯގެ ފާމަސީތައް ބަދަލުކުރުމުގެ މަސައްކަތަށް އެ ތަންތަން ބަންދުކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. 
އެ މަސައްކަތް ނިންމައި، ސްޓޭޓްފާމާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި އެސްޓީއޯ އިން ހިންގަމުން އައި ފާމަސީތައް އެ ކުންފުނީގެ ދަށަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށާފައިވާ ކަަމަށެވެ. 
ދައުލަތުގެ ބޭސް ކުންފުނިން ބުނީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ މަގު ތަނަވަސްކޮށްދީ އަދި އެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގައި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށެވެ. 
އެގޮތުން ގެންނަ ބަދަލުތައް ތަންފީޒުކުރަމުން އަންނައިރު އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށާއި އަދި ސްޓޭޓްފާމާގެ ހޮޓްލައިން 1505 މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 
The most trusted news source in the Maldives
ރާއްޖެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް މިހާތަނަށް ގެންނަމުން އައީ އެސްޓީއޯއިންނެވެ. އަދި ސްޓޭޓްފާމާ އުފެއްދީ މިހާރު ކުރިމަތިވެފައިވާ، ބޭސް ނުލިބުމުގެ މައްސަަލައަށް ހައްލު ހޯދައި މިހާރަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން އެ މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ