ދިރާގުން ވަށްމާފުށި ޒިޕްލައިންގެ 3 ނަސީބުވެރިން ހޮވައިފި

ދިރާގާއި ކ. މާފުށި ފަޅުން ހިއްކައިގެން ތަރައްގީކޮށްފައިވާ ވަށްމާފުށި ގުޅިގެން ކުރިއަށް ގެންދިޔަ ގިވްއަވޭ ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - 28 އޭޕްރިލުން 31 މޭއަށް ކުރިއަށްގެންދިޔަ މި ހަރަކާތުގެ ދަށުން، ގުރުއަތުން ހޮވުނު ތިން ނަސީބުވެރިއަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.
މި ފުރުސަތުގެ ދަށުން، ކޮންމެ ނަސީބުވެރިއަކަށް ވެސް އިތުރު އެކަކާ އެކު މި ތަޖުރިބާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.
ތަފްސީލް - ގުރުއަތުން ހޮވުނު ނަސީބުވެރިންގެ ނަންތައް އިއްޔެ ދިރާގުގެ ސޯޝަލް މީޑިއާ ޗެނަލްތަކުގައި ވަނީ އިއުލާނުކޮށްފަ އެވެ. އެ ފަރާތްތަކަކީ:
@Salwakamari_
@Hamdhoon.ibraahim
@She.Hero
ދިރާގުން ވަނީ ދާދި ފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އާ ތަޖުރިބާތަކާއި ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފަ އެވެ. މި ޕާޓްނަޝިޕްގެ ދަށުން:
ދިރާގުގެ އެލީޓް މެންބަރުންނަށް، ވަށްމާފުށީގެ ހިދުމަތްތަކުން %5 ޑިސްކައުންޓް ލިބޭނެ 
އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން %10 ޑިސްކައުންޓް ލިބޭނެ 
ކަސްޓަމަރުން ބުކިން ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ
ފާހަގަކޮށްލެވޭ - ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ.
ދިރާގުން އަންނަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ