އެމްއެންޑީއެފް އިން ހިންގި ދެ އޮޕަރޭޝަނެއްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ތިން ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ލަންކާއަށް ނިސްބަތްވާ ދެ މަސް ބޯޓެއް ހިފެހެއްޓީ އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ޕެޓްރޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އެ ދެ މަސް ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔައީ ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އެ ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެއިތުރުން އެމްއެންޑީއެފް އެއާކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް އުޅުނު ބޯޓެއް ދެނެގަނެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ.
އަތުލައިގަތް ބޯޓުތައް ރާއްޖެ ވަދެއުޅުނީ ކީއްކުރަން ކަމެއް އަދި އެ ބޯޓުތަކުގައި ތިބީ ކިތައް މީހުން ކަމެއް ވެސް މިހާތަނަށް އެމްއެންޑީއެފް އިން ހާމައެއް ނުކުރެ އެވެ.
ރާއްޖެއަށް ގާނޫނާ ހިލާފަށް ވަދެއުޅުނު ތިން ބޯޓެއް ހިފަހައްޓައިފި ރާއްޖެއަށް ގާނޫނާ ހިލާފަށް ވަދެއުޅުނު ތިން ބޯޓެއް ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ