ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޯޓެއް ޑްރޯންގެ އެހީގައި އަތުލައިގެންފި
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޯޓެއް އެމްއެންޑީއެފް އިން އަތުލައިގަނެފި އެވެ.އެމްއެންޑީއެފްއިން މިއަދު ބުނީ ބޭރުގެ ބޯޓެއް ގާނޫނާހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް, އަދި ކީއްކުރަން ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު އުޅަނދެއް ކަމެއް އެމްއެންޑީއެފްއިން އަދި ނުބުނެއެވެ.މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ