އިއްޔެ ސޮއިކުރި 206 މަޝްރޫއުގެ އަގަކީ 2.7 ބިލިއަން ރުފިޔާ

އުމްރާނީ ތަރައްގީއާ ގުޅުންހުރި 9 ދާއިރާއަކުން އިއްޔެ އަމިއްލަ ކުންފުނިތަކާ ހަވާލު ކުރި 206 މަޝްރޫއުގެ އަގަކީ 2.7 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި 53 ކުންފުންޏަކާ އެކު ސޮއިކުރި މަޝްރޫއުތައް ކުރިއަށް ގެންދާނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.
ތަފްސީލް - ފިނޭންސް މިނިސްޓްރީން ބުނީ ރަށްރަށުން ލިބެން ހުންނަ ހިދުމަތްތަކާއި އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ގައުމީ ތަރައްގީގައި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުރިއަށްދާނެ ކަމަށެވެ.
މީގެ ތެރޭ ހިމެނެނީ:
ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުގެ 13 މަޝްރޫއު: 997.38 މިލިއަން ރުފިޔާ
ތައުލީމީ ދާއިރާގެ 31 މަޝްރޫއު: 511 މިލިއަން ރުފިޔާ
ސިއްހީ ދާއިރާގެ 30 މަޝްރޫއު: 312 މިލިއަން ރުފިޔާ
ތިމާވެށީގެ ދާއިރާގެ 24 މަޝްރޫއު: 204 މިލިއަން ރުފިޔާ
ކުޅިވަރާ ގުޅުންހުރި 52 މަޝްރޫއު: 197 މިލިއަން ރުފިޔާ
ދީނީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއު: 196 މިލިއަން ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ 2 މަޝްރޫއު: 131.8 މިލިއަން ރުފިޔާ
ހޯމްލޭންޑް ސެކިއުރިޓީގެ 39 މަޝްރޫއު: 114.99 މިލިއަން ރުފިޔާ
ޒުވާނުން ބާރުވެރިކުރުމުގެ 1 މަޝްރޫއު: 40 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް އިންވެސްޓާ ފައިނޭންސް
މޮޑެލްގެ ދަށުން، ދިވެހި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ފާސްކޮށްފައިވާ
ޕީއެސްއައިޕީ ކޮންޓްރެކްޓްތަކުގެ މައްޗަށް ބިނާކޮށް ޕްރޮޖެކްޓް ފައިނޭންސް
ލިބޭނެ ކަމަށެވެ. އެގޮތުން:
ސަރުކާރުން ފައިސާ ދައްކާނީ ކުރިއަށްދާ މިންވަރު
ޔަގީންކުރުމަށް ފަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ