މީހުން ބާލަން ރައީސް ނިންމެވި ހިރިމަރަދޫގައި 4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގަން ހަވާލުކޮށްފި

އާބާދީ ވަރަށް މަދު ހދ. ހިރިމަދޫން މީހުން ބަދަލު ކުރާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާއިރު އެ ރަށުގައި ބޮޑު ޕްރޮޖެކްޓެއް ހިންގަން ސަރުކާރުން އިއްޔެ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން އިއްޔެ ވަނީ 206 މަޝްރޫއެއް ހިންގަން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައެވެ. މިއީ ތަރައްގީގައި ރެކޯޑެއް ކަމަށް ސަރުކާރުން ބުނެއެވެ. އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިރިމަރަދޫގައި, "ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް" ގާއިމު ކުރުމަށް ވަނީ, "ބިލްޑްޓެކް" ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ހިރިމަރަދޫގައި ހިންގަން ސަރުކާރުން އިއުލާން ކުރި ޕްރޮޖެކްޓް--- ސަރުކާރުން ބުނާގޮތުގައި އެ ޕްރޮޖެކްޓްގެ އަގަކީ 4.1 މިލިއަން ރުފިޔާއެވެ. މިކަން ސަރުކާރުން އިއްޔެ ކޮށްފައިވާއިރު މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި, ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމުމާއެކު، އެ ރަށުން ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ. ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައިވަނިކޮށް، ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ މިއަހަރުގެ ފެބްރުއަރީ ހަތަރެއްގައެވެ. https://www.sun.mv/210373 ހިރިމަރަދޫގެ ރައްޔިތުންނާ ރައީސް, އޮގަސްޓް މަހު ބައްދަލުކުރެއްވި ޖަލްސާގައި ހަނިމާދުއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ޚިދުމަތްތައް ދޮޅު އަހަރު ތެރޭގައި ގާއިމްކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވަނީ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައެވެ. ހިރިމަރަދޫގެ އާބާދީއަކީ 589އެވެ. އެހެންނަމަވެސް، އެ ރަށު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ރަށް ދޫކޮށް ހިޖުރަކޮށްފައެވެ. އެހެންވެ، މިހާރު އެ ރަށުގައި އުޅެނީ 200 އެއްހާ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ