ރާއްޖެ، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެންމެ ކުރިއަރާފައިވާ މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރަނީ! އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި ރާއްޖޭގައި އަލަށް ކުރި ލޮލުގެ ބޮޑު ސާޖަރީއެއް އައިކެއާގައި ކާމިޔާބުކ

ވޯލްޑް ޓްރެވަލް މާކެޓްލަންޑަން 2025 ގެ ތެރެއިން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ކުރިއަށްގެންދާ ދެ މަސް ދުވަހުގެ ޕްރޮމޯޝަނަލް ކެމްޕޭނެއް ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ބައިވެރިވެވަޑައިގެންފިއެވެ.
މި ކެމްޕޭނަކީ، ލަންޑަންގެ މަގުތަކުގައި ދުއްވާ 100 ޓެކްސީގައި ރާއްޖޭގެ ފުރިހަމަ މަންޒަރުތަކާއި ސިފަތައް ހިމެނޭ ގޮތަށް ކަވަރުކޮށްގެން ކުރިއަށްގެންދާ ވަރުގަދަ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ، އިނގިރޭސިވިލާތުގެ މާކެޓްގައި ރާއްޖެއަށް ލިބިފައިވާ މަޤްބޫލުކަން އިތުރަށް ގަދަކުރުމާއި، މަތީ ފެންވަރުގެ ފަތުރުވެރިންނާއި، ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުންނާއި، މީޑިއާގެ ފަރާތްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުމެވެ.
މި ކެމްޕޭނުގެ ސަބަބުން ލަންޑަންގެ މީހުންނާއި ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ޚާއްސަ ތަޖުރިބާތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ