ސަނީގެ ފިލްމު 'އިއްކާ'ގައި އަކްޝޭއާއި ސަންޖީދާ
ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ އާ ފިލްމު "އިއްކާ"ގެ ކާސްޓަށް ފިލްމީ ތަރިން ކަމަށްވާ އަކްޝޭ ކަންނާއާއި ސަންޖީދާ ޝައިހް ގެނެސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ސިދާތު ޕީ މަލްހޯތުރާ އުފައްދާ މި އެކްޝަން ތުރިލާއަކީ ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ޝޫޓިން ވެސް މިހާރު ކުރިއަށްދާ މި ފިލްމަކީ މި އަހަރު ނެޓްފްލިކްސްއިން ފެންނާނެ ކަމަށް ބެލެވޭ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭ ހިމެނޭ ފިލްމެކެވެ. މިއީ ސަނީއާއި އަކްޝޭ 28 އަހަރު ފަހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ސަނީއާ އެކު އަކްޝޭ ކަންނާ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ 1997 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބޯޑާ"ގައެވެ. ބައެއް ފިލްމީ ރިޕޯޓުތައް ބުނާގޮތުން ފިލްމު "އިއްކާ"އަކީ ހޮލީވުޑްގެ މަޝްހޫރު ތުރިލާ ފިލްމު "ޑެތު ސެންޓެންސް" އަސްލަކަށް ބަލައިގެން އުފައްދަން ނިންމި ފިލްމެކެވެ. ސަނީ ޑިއޯލް ފިލްމު "ޖާޓް"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް ނަމަވެސް، ސަނީއާއި ސިދާތު ބޭނުންވީ އަމިއްލަ އުފެއްދުމަކަށް ފިލްމެއް ގެނެސްދިނުމަށް ކަމަށާއި އެހެންވެ މި ފިލްމަކީ ސިދާތާއި ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަނީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރި ވަރުގަދަ އެކްޝަން ތުރިލާ "ޖާޓް"އިންނެވެ. ފިލްމުގައި ބަތަލާގެ ރޯލް ކުޅޭ ޓެލެވިޒަން ބަތަލާ ސަންޖީދާ އެންމެ ފަހުން ފެނިފައިވަނީ ސިދާތު އާނަންދުގެ ފިލްމު "ފައިޓާ" އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީސް "ހީރާމަންޑީ"ގެ ރޯލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ