91 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ދެވަނަ ފިޔަވަހީގެ ބައެއް މަގުތައް ހިމެނޭހެން ހުޅުމާލޭގެ 19،000 އަކަ މީޓަރުގެ ސަަރަހައްދެއްްގައި ތާރުއަޅައި، ހަލާކުވެފައި ހުރި ބައެއް މަގުތައް ހަދަން 91.8 މިލިއަން ރުފިޔާއަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ތަފްސީލް - އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މި މަހުގެ 3ގައި އެ މަޝްރޫއު ހަވާލުކުރީ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގައި ވަގުތީ 'ވޯކްސް އެކޮމޮޑޭޝަނެއް' ތަރައްގީކުރަން މިދިޔަ ސަރުކާރުގައި ހަވާލުކުރި ކުންފުންޏެކެވެ.
އެޗްޑީސީން ބުނިގޮތުގައި:
2 އޮކްޓޫބަރު 2022ގައި ހަވާލުކުރި އެކޮމޮޑޭޝަން މަސައްކަތުގެ ބަދަލުގައި މި ސަރުކާރުން އަޅަން ނިންމާފައިވަނީ ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް 
ހުޅުމާލޭގެ މަގު ހެދުމުގެ މަޝްރޫއު ރޮޓައިމް ކުންފުންޏާ ހަވާލުކުރީ ކުރީގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމުމުން ހެދި ސެޓްލްމެންޓް އެއްބަސްވުމެއްގެ ދަށުން 
މިއީ ރައްކާތެރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ކަށަވަރުކުރުމަށްޓަކައި ފެށި މަޝްރޫއުއެއް ކަމަށް އެޗްޑީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ މަސައްކަތްތަކަކީ:
ހުޅުމާލޭގައި މިހާރު ވެސް މީހުުން ދިރިއުޅޭ ސަރަހައްދުތަކުގައި ނުހެދި ހުރި މަގުތައް ހެދުމާއި ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުން
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފަސް މަގަކާއި ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭގޮތަށް ޖުމްލަ 19،001 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ޒަމާނީކުރުން
ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ހަލާކުވެފައިވާ 8،012 އަކަ މީީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް އަލުން ތާރުއެޅުން
މި މަޝްެރޫއުގެ އަގަކީ 91.8 މިލިއަން ރުފިޔާ
އެޗްޑީސީން ބުނީ އެ މަޝްރޫއަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ ކޭޝް ފްލޯއަށް ދަތިނުވާނެ ގޮތަކަށް ކަމަށެވެ.
"އެގޮތުން، %50 ފައިސާ އެއް އަހަރުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމަށް ހަމަޖެހިފައިވާއިރު، ބާކީ %50 ފައިސާ 2027ވަނަ އަހަރުން ފެށިގެން 6 އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އެއްބަސްވެވިފަ އެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން އިތުރަށް ބުނީ، އެ މަސައްކަތަށް ބޭނުންވާ ސާމާނާއި މެޝިނަރީ ނެރެ، ވީ އެންމެ އަވަސް މުއްދަތެއްގައި މަސައްކަތް ފެށުމަށް ރޮޓައިމް އިންޖިނިއަރިން އިން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ