މީގެ ހަތް އަހަރު ކުރިން ސައުދީ ނޫސްވެރިޔާ ޖަމާލު ހަޝޯގީ އަވާހަރަކޮށްލިކަން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އެނގިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ. ޓްރަމްޕް ވަނީ ސައުލީ ވަލީއަހުދު ވައިޓް ހައުސްއަށް މަރުހަބާ ވިދާޅުވެފަ އެވެ.
ވައިޓް ހައުސްގައި ވަލީއަހުދު ވިދާޅުވީ ހަޝޯޖީގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ސައުދީން ރަނގަޅު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ "ވޭންދެނިވި ކަމެއް" ކަމަށެވެ.
މިއީ ހަޝޯޖީގެ އަވަހާރަކޮށްލުމަށް ފަހު އޭނާ އެމެރިކާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިއަކު ވަނީ ހަޝޯގީ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. ޓްރަމްޕް ވަނީ ހަރުކަށިކޮށް އެ ނޫސްވެރިޔާއަށް ރައްދު ދެއްވައިފަ އެވެ.
"ތިޔަ އިޝާރާތް ކުރައްވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތު ބޭފުޅެއްގެ ވާހަކަ،" ހަޝޯގީގެ މަރަށް އިޝާރަތް ކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.
"ކަލޭމެން ތިޔަ ވާހަކަ ދައްކާ މީހާއަކީ ވަރަށް ގިނަ މީހުން ނަފުރަތު ކުރާ މީހެއް. އޭނާ ދެކެ ލޯބިވިޔަސް، ނުވިޔަސް ކަންކަން ހިނގާނެ. އެކަމަކު [ވަލީއަހުދު]އަށް އެކަން އެނގިވަޑައެއްނުގަންނަވާ."
ވަލީއަހުދު ވިދާޅުވީ އެ މަރާ ގުޅިގެން ސައުދީން ވަނީ ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވާފައި ކަމަށެވެ.
ނަމަވެސް 2021 ވަނަ އަހަރު އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުގައި ބުނެފައި ވަނީ އިސްތަންބޫލްގައި ހުންނަ ސައުދީގެ އެމްބަސީގައި ހަޝޯޖީ ހައްޔަރު ކުރުމަށް ނުވަތަ އަވަހާރަކޮށްލުމުގެ ޕްލޭނަކަށް ވަލީއަހުދު ރުހުން ދެއްވާފައިވާ ކަމަށެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވައިޓް ހައުސްގެ އޮފިޝަލުން ވަނީ އެ ރިޕޯޓް ހާމަ ނުކުރަން ނިންމަވާފަ އެވެ.
ސައުދީގެ އެތައް ސަތޭކަ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އޭރު އެޅިޔަސް، އެއިން އެއްވެސް ފިޔަވަޅެއް ސީދާ ވަލީއަހުދަށް އަމާޒެއްް ނުކުރެ އެވެ.
ހަޝޯގީ އަވަހާރަކޮށްލި މައްސަލާގައި ޓްރަމްޕް ސައުދީ ވަލީއަހުދު ދިފާއު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ