ޕެނަމާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ގްލޯބަލް ރޮބޮޓިކްސް ޗެލެންޖުގައި ދިވެހި ދަރިވަރުންގެ ޓީމެއް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ ފޯލޫޕް ކޯޑިން އެކަޑަމީގައި ތަމްރީނު ވަމުން އަންނަ ދަރިވަރުންތަކެކެވެ. މި ރޮބޮޓިކްސް ޗެލެންޖުގައި ދުނިޔޭގެ 190 ގައުމަކުން ބައިވެރިވާނެ އެވެ. މި ޓީމުގައި ފަސް ދަރިވަރުންނާއި އެއް މުދައްރިސު ބައިވެރިވާނެ އެވެ.
މި ޗެލެންޖުގެ ތީމަކީ "އިކޯއިކުލިބްރިއަމް" އެވެ. މިއީ އިންސާނުންނާއި ތިމާވެއްޓާއި ދެމެދު އޮންނަ ހަމަހަމަކަން އިއާދަކުރުމުގައި ސައިންސާއި ޓެކްނޮލޮޖީ ބޭނުން ކުރުމަށް ބާރުއަޅާ ތީމެކެވެ.
"މި އިވެންޓަކީ ހަމައެކަނި ރޮބޮޓިކްސް މުބާރާތެއް ނޫން. މިއީ އުފެއްދުންތެރިކަމާއި ދެމެހެއްޓެނިވިކަމާއެކު ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން، ރާއްޖެ މުޅި ދުނިޔެއަށް ދައްކާލުމަށް ލިބޭ ފުރުސަތެއް،" ފޯލޫޕްގެ ކޯފައުންޑާ އިސްމާއިލް ރިޔާޒު ބުންޏެވެ.
ޗެލެންޖަށް ތައްޔާރުވުމުގެ މަސައްކަތް ދިވެހި ޓީމުން އަންނަނީ ކުރަމުންނެވެ. އެގޮތުން، ރޮބޮޓް ޑިޒައިން ކުރުމާއި، ކޯޑު ކުރުމާއި، އުފެއްދުމާއި ޓެސްޓު ކުރުމުގެ ގިނަ ސެޝަންތަކެއް އަންނަނީ ބާއްވަމުންނެވެ.
ފޯލޫޕް ކޯޑިން އެކަޑަމީއަކީ ސްޓެމް.އޯގް އިން އެކްރެޑިޓްކޮށްފައިވާ އެކަޑެމީއެކެވެ. އެއީ ދުނިޔޭގެ އެންމެ ވަރުގަދަ ސްޓެމް ބްރޭންޑުތަކުގެ އެންމެ މަތީ ފަސް ޕަސެންޓުގައި ހިމެނޭ ބްރޭންޑެކެވެ.
ޕެނަމާގައި އޮންނަ ގްލޯބަލް ރޮބޮޓިކްސް ޗެލެންޖުގައި ދިވެހި ދަރިވަރުންގެ ޓީމެއް ބައިވެރިވަނީ ޕެނަމާގައި އޮންނަ ގްލޯބަލް ރޮބޮޓިކްސް ޗެލެންޖުގައި ދިވެހި ދަރިވަރުންގެ ޓީމެއް ބައިވެރިވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ