ފިޠުރު ޢީދުގެ މުނާސަބަތުގައި މާލޭ ސަރަޙައްދުގައި އިއްޔެ ފެށި "ޢީދު ހަވީރަށް" މިއަދުވެސް ވަނީ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. މިއީ ޢީދު ހަވީރު ކުރިއަށްގެންދާ ދެވަނަ ދުވަހެވެ. މި ހަވީރު މާދަމާވެސް ކުރިއަށްގެންދާނެއެވެ.
"ޢީދު ހަވީރު" މި ހަރަކާތަކީ ޤައުމީ ދިފާޢީ ބާރުގެ އިސްނެގުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުޢައްސަސާތައް ހިމެނޭގޮތަށް 12 ފަރާތެއްގެ ބައިވެރިވުމާއެކު ފިޠުރު ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މިއަހަރުގެ މި ހަވީރު މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ކުރިއަށްގެންދެއެވެ.
ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުގެވެސް ޢީދު ހަވީރު އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމެނޭ ގޮތަށެވެ. އެގޮތުން ހަވީރު އިންތިޒާމުކުރުމުގައި ބައިވެރިވި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުގައި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ބައެއް ސްޓޯލްތަކުން ރާއްޖޭގެ އިހުގެ ސަޤާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށްވެސް ދައްކާލާފައިވެއެވެ. ޢީދު ހަވީރުގެ ތެރެއިން ސަލާމަތީ ބާރުތަކުންވެސް ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މިކަންކަން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު މިއަދުވެސް ވަނީ ހާވީރުގެ ބައިވެރިންނަށް ލިއްބާދީފައެވެ.
މި ހަވީރުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ތުއްތުކުދިން އެއްވި އެއްވުމުން، އާންމުން މިފަދަ ކަމަކަށް ބޭނުންވެފައި ތިބި މިންވަރު ވަރަށް ބޮޑަށް އެނގިގެންދިޔައެވެ. އަދި މި ހަރަކާތް ދިވެހިން ވަކިން ޚާއްސަކޮށް ތުއްތު ކުދިންގެ ފަރާތުން ލިބުނު ތަރުޙީބު މިވަނީ ފެނިގެންގޮސްފައެވެ. މި ހަރަކާތްތައް ކުރިއަށްދާނީ، ހަވީރު 16:00 އިން 18:00 އަށެވެ.
ޢީދު ހަވީރު 1447: ދެވަނަ ދުވަހުވެސް ބޮޑު ތަރުޙީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ