ގިނަ އަދަދެއްގެ ދިވެހިން ދާ އަމްރިތާއަށް އާ ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލާއި އާސަންދަ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - އަމްރިތާ ހޮސްޕިޓަލަކީ ދިވެހިންގެ ގިނަ ބަޔަކު ހިދުމަތް ހޯދާ ތަނެކެވެ.
ތަފްސީލް - އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ މިއަދު 'ދައުރު'އަށް ވިދާޅުވީ އަމްރިތާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާނުލާ ކަމަށާއި މިހާރު ވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލިމީހުންނަށް ހިދުމަތް ލިބޭނެ ކަމަށެވެ.
"އެގްރިމެންޓު ރިނިއުވަލްގައި އުޅެނީ. އާ ޕޭޝަންޓުން ފޮނުވުން މިވަގުތައް ހުއްޓާލާފައި. އެހެން ނަމަވެސް، އެތަނުން ހިދުމަތް ހޯދަމުން އަންނަ ބަލިމީހުންނަށް އާސަންދަ އިން ހިދުމަތް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ޒީނިޔާ ވިދާޅުވީ މިހާރު ކުރަނީ އެ ހޮސްޕިޓަލުގެ އަގުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ކަމަށެވެ.
އެ މަސައްކަތް ނިންމާ، އެގްރިމެންޓު އާކޮށް އަލުން ބަލިމީހުން ފޮނުވަން ފެށޭނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ