ކުނި އެތެރެކުރުން މަނާކޮށް ޕްލާސްޓިކް ކޮތަޅުން ނަގާ ޑިއުޓީއަށް ލުއިދޭ ބިލު ކޮމިޓީއަށް

ދިވެހިރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކޮށް، ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް ހިމަނައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިރާސާ ކުރުމަށް މިއަދު ވަނީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
MGH Group of Companies
Zetta Enterprises Pvt Ltd
MU STORE
MGH Group of Companies
Enterprise Development Industrial Pvt Ltd
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ޝިފާޒް އެވެ. އޭނާ ހުށަހެޅުއްވި ބިލުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އޮތީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން 2ރ. ނެގުން ހުއްޓާލުމެވެ.
އެގޮތަށް ގާނޫނު އިސްލާހު ކުރުމުން، ކޮތަޅު ހޯލް ސޭލް ކުރާއިރު، 2ރ. ގެ ފީއެއް ނަގާކަށް ނުޖެހޭނެ އެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން، ހޯލްސޭލްކޮށް ކޮތަޅު ގަންނަ ވިޔަފާރިވެރިޔާ ވެސް ކޮތަޅަކުން ދެރުފިޔާ ދައުލަތަށް ދައްކަން ޖެހޭ އިރު، ފިހާރަތަކުން ވަކިިވަކިން ކޮތަޅު ގެންދާ މީހާ ވެސް ކޮތަޅަކަށް ދެ ރުފިޔާ ދައްކަން ޖެހެ އެވެ.
ނަމަވެސް މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމާއެކު، އެކަމަށް ބަދަލު އައިސް، ރީޓެއިލަރުންގެ އަތުން ހޯލްސޭލަރުން ނަގަމުންދިޔަ ފީ، ދެން ނަގަން ނުޖެހޭނެ އެވެ.
މީގެ ކުރިން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި 2ރ. ނެގުން އިސްތިސްނާ ވަނީ ތިން ހާލަތެއްގަ އެވެ. އެއީ:
އިސްލާހުގައި ވާ ގޮތަށް، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ނަގާ ފީ އިސްތިސްނާކުރުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް އެ ބިލުގެ ކޮސްޓު އެސްޓިމޭޓުގައި ހިމަނާފައިވެ އެވެ.
އޭގައި ހިމަނާފައިވާ މައުލޫމާތުގައި ވާގޮތުން، މި އަހަރުގެ މިހައިތަނަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި 2،011،421ރ. ދައުލަތަށް ލިބިފައިވެ އެވެ. ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބިފައި ވަނީ 5.9 މިލިއަން ރުފިޔާ އެވެ.
އޭގެ އިތުރުން، ދެން އެ ބިލުގައި ހިމަނާފައި ވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ. އިސްލާހުގައި ހިމަނާފައި ވަނީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުނި ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއް ކަމަށެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން މިނިސްޓްރީގެ ވަކި ހުއްދައެއް ހޯދައިގެން ދިވެހިރާއްޖެއަށް ކުނި އެތެރެ ކުރެވެ އެވެ. އެފަދަ ހުއްދައެއް ދޫކުރެވެނީ މިނިސްޓްރީން ހަދާފައި އޮންނަ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ