ފެނާއި ނަރުދަމާގެ ހިދުމަތް ހަމަހަމަކަމާއެކު ދިނުމަށް، ގައުމީ ސިޔާސަތެއް އިފުތިތާހުކޮށްފި
ސާފު ފެނާއި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ކަށަވަރުކޮށްދިނުމަށްޓަކައި އެކުލަވައިލި "ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ."ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" އިފުތިތާހު ކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމެވެ.އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި އެ ސިޔާސަތުގެ މަގުސަދަކީ ފެނާއި ނަރުދަމާގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ރާއްޖޭގެ ފެންފަށަލަ ރައްކާތެރިކުރުމަށް އޮނިގަނޑެއް އެކުލަވައިލުމެވެ.އެ ސިޔާސަތުގެ ސަބަބުން ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާވެ، ޚިދުމަތުގެ ފެންވަރު މަތިކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ އޮނިގަނޑުގެ ދަށުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި އެ ސިޔާސަތުގައި ހިމެނޭ ބައެެއް ބައިތަކުގެ ތެރޭގައި، ފެނާއި ނަރުދަމާގެ ޚިދުމަތް ކުރިއެރުވުމަށް އައު އީޖާދުތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުން ހިމެނެއެވެ. އަދި އެ ދާއިރާއިން އިތުރު ދިރާސާކޮށް، އިންސާނީ ވަސީލަތް ބިނާކުރުމަށް ވެސް އެ ސިޔާސަތުގައި ކަނޑައަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ