މާލޭ ގުދަނެއްގައި އަލިފާން ރޯވެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ގަލޮޅު މޯޗަރީ ކައިރީ ހުރި ގުދަނެއްގައި ރޯވެގެން ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހިއްސާކޮށްފައި ނުވެއެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ހުވަފެނީ ގޯޅި ތެރޭގައި އެ ގުދަނުގައި ރޯވެ ބޭރަށް ވަނީ ހުޅު ފަޅައިން ގޮސްފައެވެ. އަދި ކަޅު އޮލަ ދުންތައް ބޭރުވާ މަންޒަރު ފެނެއެވެ.
އަދި ގިނަ ބަޔަކު ހަރަކާތްތެރިވާ މަންޒަރު ފެންނަމުންދެއެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވެއެވެ.
ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެގެން، ސިފައިން ހަރަކާތްތެރިވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ