ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކަށް މި އަހަރު ވެސް ބީބީއެމް

ގިނަ އަހަރުތަކެއްގެ އެއްބަސްވުމެއްގެ ދަށުން، ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ ޓައިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ އެވޯޑަކީ، 2024ގައި މި އެވޯޑް ތައާރަފުކުރީއްސުރެ ބީބީއެމް އިން ޓައިޓަލް ޕާޓްނަރެއްގެ ގޮތުގައި މި ހަރަކާތަށް އެއްބާރުލުން ދެމުން އަންނަ ތިންވަނަ އަހަރެވެ.
މީގެ އިތުރުން، ހޮޓެލިއާ މޯލްޑިވްސްގެ ދެވަނަ ހަރަކާތް ކަމަށްވާ ޖީއެމް ފޯރަމަށް ވެސް 2023 އިން ފެށިގެން ކޮންމެ އަހަރަކު ބީބީއެމް އިން އެހީތެރިކަން ފޯރުކޮށްދެމުންދެ އެވެ.
ތަފްސީލް - ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ ވޯޓުލުމުގެ މަރުހަލާ މި މަހުގެ 15ގައި ފަށާފައިވާއިރު، އެއް މަސް ދުވަހުގެ މުއްދަތަށް ވޯޓުލުން ކުރިއަށްދާނެ އެވެ. އެވޯޑް ލިބޭ ފަރާތްތައް އިއުލާނުކުރާނީ އަންނަ މަހު 26ގައި ނިވާ ކުރުނބާ މޯލްޑިވްސްގައި ބާއްވާ ހަފްލާއެއްގަ އެވެ.
ބުނީ ކީކޭ؟ - "ބީބީއެމް އިން އަބަދު ވެސް ގަބޫލުކުރަނީ ވަރުގަދަ ފަތުރުވެރިކަމުގެ ސިނާއަތެއް ބިނާވަނީ ހީވާގި މީހުންގެ މައްޗަށް ކަމަށް. އަދި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަކީ ފަރުދާގެ ފުރަގަހުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންގެ އަގުވަޒަންކުރުމަށް ލިބޭ ގައުމީ ފެންވަރުގެ މުހިންމު ޕްލެޓްފޯމެއް،" ބީބީއެމްގެ ޗީފް އޮޕަރޭޓިން އޮފިސަރު އޭވީއެސް ސުބްރަމާނިއަމް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ބީބީއެމްއަކީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް އިމްޕޯޓަރު އަދި ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން އަންނަނީ ބައިނަލްއަގުވާމީ ގިނަ ބްރޭންޑްތަކަކާ އެކު ފަތުރުވެރިކަމުގެ ދާއިރާއަށާއި ހޮރެކާ އަދި ރީޓެއިލް ސިނާއަތަށް ހިދުމަތް ފޯރުކޮށްދެމުންނެވެ.
އެ ކުންފުންޏަކީ ރިސޯޓުތަކާއި، ފުޑްސާވިސް އަދި ރީޓެއިލް ހިމެނޭހެން ވިޔަފާރީގެ މުހިންމު ދާއިރާތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފެއްދުންތައް ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ބައިވެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ