ވަކި ގޮތަކަށް ވޯޓުލާކަށް އޮފިޝަލުން ނާންގާނެ: އީސީ

ކުރިއަށް އޮތް ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުތަކުގެ ސިއްރުކަން ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރަން ނިންމާފައިވާ ކަމަށް ކުރެވުނު ތުހުމަތު އީސީ އިން ދޮގުކޮށްފި އެވެ.އީސީން މިހެން ބުނީ، އިންތިހާބުގެ ސިއްރުކަން ގެއްލޭ ގޮތަށް އީސީން އަމަލު ކުރަމުންދާކަމަށް ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތަކަށް ރައްދުދީ، މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ. އީސީ އިން ރޭ ބުނީ އެ ކޮމިޝަންގެ މަސައްކަތާ މެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރަމުންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ."ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް މި ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ،" އީސީއިން މީޑިއާއަށް ފޮނުވި މެސެޖުގައި ބުންޏެވެ.އީސީ އިން ބުނީ ވޯޓުލުމުގެ އެންމެހާ މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ ފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށެވެ. ވަކި ގޮތަކަށް ނުވަތަ ވަކި ފަރާތަކަށް ވޯޓުލުމަށް، ކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުން ނާންގާނެ ކަމަށާއި އަދި ހަމަޖެހިފައިވާ ގޮތަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސް އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށްވެސް ބުންޏެވެ.ކުރިއަށް އޮތް އިންތިހާބުގެ ކަންކަމުގައި އީސީން އަމަލުކުރަމުންދަނީ، ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް ކަންކަން ފަހިކޮށްދިނުމުގެ ނިޔަތުގައި ކަމަށާއި އިދިކޮޅުގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް އީސީން މަސައްކަތް ނުކުރާ ކަމަށް ބުނެ އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.އެގޮތުން، ކައުންސިލް އިންތިހާބުގެ ކެންޑިޑެސީ ބަލައިގަތުމުގައި އީސީން އަމަލުކޮށްފައިވަނީ ޕީއެންސީއަށް ފަހިވާގޮތަށް ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އަދި އިދިކޮޅު ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ އީސީން ގަސްތުގައި ބަލައިގެންފައިނުވާ ކަމުގެ ތުހުމަތު ވެސް އެ ކޮމިޝަންގެ މައްޗަށް އިދިކޮޅުން ކުރެ އެވެ.އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ