އެފްޑީސީ ފުލެޓަށް ޑައުންޕޭމެންޓް ދައްކަން ޒަކާތު ފަންޑުން 91،000 ރުފިޔާގެ އެހީ ދީފި

ސަރުކާރުން ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރާ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ޔުނިޓްތަކުގެ ޑައުންޕޭމަންޓް ދެއްކުމަށް، ފުރަތަމަ ފަހަރަށް ޒަކާތު ފަންޑުން އެހީ ދީފިއެވެ. ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 14 މީހަކަށް ލިބިފައިވާ ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކައިދިނުމަށް ނިންމާފައި ވާކަން، ޒަކާތު ހައުސްއިން ހާމަ ކުރީ ފާއިތުވި އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އޭރު އެ ފަންޑުން ވަނީ އެކަމަށް 340،000 ޚަރަދު ވާނެކަމަށް ލަފާކޮށްފައެވެ. މިއަދު ޒަކާތު ހައުސްއިން ނެރެފައިވާ، މިދިޔަ ޑިސެންބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ފަގީރުންނާއި މިސްކީނުންގެ ފުލްޓަށް ޑައުންޕޭމަންޓް ދެއްކުމަށް އެ މަހު ހޭދަކޮށްފައިވަނީ، 91،000 ރުފިޔާއެވެ. https://sun.mv/213328 އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މީގެ ކުރިން މިފަދަ ކަމަކަށް ޒަކާތު ފަންޑުން އެހީ ދީފައި ނުވާކަމަށާއި، މިފަދަ އެހީއެއް ދިން މިއީ ފުރަތަމަ ފަހަރު ކަމަށެވެ. ޒަކާތު ހައުސްއިން ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް އެހީވުމަށް ޑިސެންބަރު މަހު 1.48 މިލިއަން ރުފިޔާ ހަމަޖެއްސިއެވެ. ނަމަވެސް، 185 ފަރާތަކަށް ބޭސްފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖުމްލަ 2.13 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. https://x.com/ZakatHouseMv/status/2020414936690880895/photo/1 އަދަދު އިތުރުވެފައިވަނީ ޑިސެންބަރު މަހުގެ ކުރިން އެހީ ހަމަޖެހިފައިވާ ފަރާތްތަކަށްވެސް ފައިސާ ދޫކޮށްފައިވާތީ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ. އެ މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާއަށެވެ. ކެންސަރުގެ ފަރުވާއަށް 301،075.50 ރުފިޔާ. ސިކުނޑީގެ ބަލިތަކަށް 114،810 ރުފިޔާ، ހިތުގެ ބަލިތަކަށް 68،967 ރުފިޔާ، ފުއްޕާމޭގެ ބަލިތަކަށް 67،676 ރުފިޔާ، ކިޑްނީގެ ބަލިތަކަށް 36،083.50 ރުފިޔާ، ގުނަވަން ބަދަލު ކުރުމަށް 25،443 ރުފިޔާ އެހެނިހެން ބަލިތަކަށް 865،310.85 ރުފިޔާ އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޑިސެންބަރު މަހު ފީސަބީލިﷲ ބައިން ގުރުޢާން ހިތުދަސް ކުރުމާއި، ގުރުޢާންގެ އިލްމު ފެތުރުމަށް 521،733.43 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ދީނީ އެކި ޕްރޮގްރާމްތައް ހިންގުމަށް، 420،698.09 ރުފިޔާ ޚަރަދުކުރިއެވެ. މީގެ އިތުރުން މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް، 305،655 ރުފިޔާ،އަދި ޓްރެއިނިން ކޯސްތައް ހިންގުމަށް 16،443 ރުފިޔާގެ އިތުރުންފޮތް ތަރުޖަމާ ކުރުމަށް 401،950 ރުފިޔާ ވަނީ ޒަކާތު ފަންޑުން ހޭދަ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ