އަހުރެންގެ ފިރިމިހާއަކީ އެހާ ތަނަވަސް މީހެއްވެސް ނޫނެވެ. އެކަމަކު ލިބޭ މިންވަރުން އޭނާގެ ޢާއިލާއަށް ޚަރަދުކުރެއެވެ. ހަމައެއްގޮތަކަށް އަހުރެންގެ ޢާއިލާއަށްވެސް ޚަރަދުކުރެއެވެ. ނަމަވެސް އަހުރެންގެ ބައެއް އެކުވެރިންނަށް އެކަމަކު ނުދެއެވެ. ބުނަނީ ފުރަތަމަ ކަމަކަށް އޮތީ ދެމަފިރިންގެ އުފަލަށް ކަންކަން ކުރުން ކަމަށެވެ.
އެހެންވެ އެގޮތަށް ބުނާ އެކުވެރިންނާއި އަހުރެން ދުރުހެލިވީމެވެ. ސަބަބަކީ އަހުރެންގެ ވިސްނުމުގައި އެމީހުންނަކީ ރަނގަޅު ބައެއް ނޫނެވެ. ރަނގަޅު މީހުންނަކީ ލިބޭ މިންވަރަކުން ޢާއިލާއަށް ޚަރަދުކުރާ މީހުންނެވެ.
އަހުރެމެންގެ ކައިވެނީގެ ފުރަތަމަ 25 ވަރަކަށް އަހަރު ފާއިތުވެގެންދިއައީ އެކަހަލަ ގޮތަކަށެވެ. އެކަމަކު ދިރިއުޅެވުނެވެ. އަހުރެމެންގެ ބޭނުންތައް ފުއްދައި ދަރިންނަށް ކިޔަވައިވެސް ދެވުނެވެ. މިހާރު ފިރިމީހާގެ ޢުމުރަކީ 55 އަހަރެވެ. އަހުރެންގެ ޢުމުރަކީ 53 އަހަރެވެ.
މިއަދުގެ ޙާލަތަށް ބަލައިފިނަމަ ފިރިމިހާއަށް ލިބޭ މުސާރައާއި އަހުރެމެންގެ ދަރިންނަށް ލިބޭ މުސާރައިން އަހުރެމެންނަށް ދޭ އެއްޗަކަށްވުރެ ގިނައިން ދެމީހުންގެ ޢާއިލާގެ ކުދިންގެ ފަރާތުން ލިބެއެވެ. އެހީއަށް އެދޭކަށްވެސް ނުޖެހެއެވެ. ކޮންމެ މަހަކުވެސް މުސާރަ ލިބުމާއިއެކު ހަދިޔާއެއް ހިފައިގެން އައުދެއެވެ. ބައެއް ފަހަރު ފައިސާއެވެ. އަނެއްބައި ފަހަރު ގެއަށް ބޭނުންވާ އެއްޗެއްސެވެ. ގެއަށް ކުރަންޖެހޭ މަސައްކަތްކުރަންވެސް ފިރިމީހާއަކަށް ނުޖައްސައެވެ. އޮންނަނީ ކިތަންމެ ބޮޑުކަމެއް ޖެހުނަސް ބުނެލަން ބުނެފައެވެ.
މިތަޖުރިބާއަށް ބަލައި އަހުރެން ބުނާނީ އަހުރެމެންނަށް މިހޯދުނު ޕެންޝަނަށްވުރެ ފައިދާހުރި ޕެންޝަނެއް ނެތްކަމަށެވެ. މިއީ ރުފިޔާއިން ޢަދަދުކުރެވޭނެ ޕެނަޝަނެއްވެސް ނޫނެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ފައިސާއިން ޢަދަދުނުކުރެވޭނެހައި ބޮޑު ޕެންޝަނެއް ހޯދައިގެން ތިބި ދެމަފިރިއެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ