އަންހެން ވޮލީ ޓީމުން މޮޅު ކުޅުމެއް، މުބާރާތުގެ ފައިނަލަށް ރާއްޖެ

މުބާރާތުގެ ފައިނަލް އޮތީ މާދަމާ ރޭ 8:30 ގައެވެ. ރާއްޖެ ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.
ވަރަށް މޮޅު ކުޅުމެއް ކުޅެ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕުން ރާއްޖޭގެ އަންހެން ޓީމު ޖާގަ ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ ވޮލީ ކޯޓްގައި މިރޭ އޮތް ސެމީ ފައިނަލް ގައި ރާއްޖެ ނިކުތީ ތަޖަކިސްތާނާ ދެކޮޅަށެވެ.ދިވެހި އަންހެން ވޮލީ ޓީމުގެ ކުޅުންތެރީންގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނުނު މި މެޗު ކާމިޔާބު ކުރީ 3-1 ސެންޓުންނެވެ.ފުރަތަމަ ސެޓް ގެންދިޔައީ ރާއްޖޭންނެވެ. ދެވަނަ ސެޓް ތަޖަކިސްތާނުންނެވެ. ފަހު ދެ ސެޓް ތަފާތު ބޮޑުކޮށް ކާމިޔާބު ކުރީ ރާއްޖެ އިންނެވެ.
ކޮންމެ ސެޓަކުން މޮޅުވާން ތަޖަކިސްތާނުން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ދިވެހި ކުޅުންތެރީންގެ ހުނަރުވެރިކަމާއި މޮޅު ކުޅުމުން އެ ފުރުސަތެއް ނުލިބުނެވެ.
މިރޭގެ މެޗުގައި ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ވަރަށް ގިނަ ސަޕޯޓަރުން ޖަމާވި އެވެ. މެޗު ފެށުނީއްސުރެ ކެނޑިނޭޅި ދިޔައީ ސަޕޯޓް ކުރަމުންނެވެ.ކުޅިވަރު ވަޒީރާއި ވުޒާރާގެ އިސް ބޭފުޅުން ވެސް ވަޑައިގެންނެވި އެވެ.މުބާރާތުގެ ފައިނަލް އޮތީ މާދަމާ ރޭ 8:30 ގައެވެ. ރާއްޖެ ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ