ކ.މާފުށީ ކައުންސިލް މެމްބަރު ނަސީހް މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ނަސީހް އެމްޑީޕީއަށް ސޮއިކުރެއްވިކަން ހާމަކޮށް އެޕާޓީން ކުރި ޓްވީޓްގައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ނަސީހް ބައްދަލުކުރެއްވި ފޮޓޯއެއްވެސް އާންމުކޮށްފައެވެ.
ނަސީހް އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގެ މި ދައުރަކީ މާފުށީގެ ދިގު ތާރީހުގައި ދުވަހަކުވެސް ނުދެކޭ ތަރައްގީގެ ދިގު ލިސްޓެއް ހަގީގަތަކަށްވި ފަސް އަހަރު ކަމަށެވެ.
އަދި ކުރިޔަށް އޮތް ދައުރު ރައީސް ސޯލިހުއަށް ކާމިޔާބުކޮށްދިނުމަށް ބައިވެރިވެފައިވާ ކަމަށެވެ.
މާފުށީ ކައުންސިލް މެމްބަރު ނަސީހް އެމްޑިޕީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ