ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފި

ގަލޮޅު ދަނޑުގައި މެޗެއް ކުރިއަށް ދަނިކޮށް މިދިޔަ ބުދަ ދުވަހު ހިންގި ހަމަނުޖެހުންތަކާއި މާރާމާރީއަ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.ފުލުހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން ފަހުން ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއް ކަމަށެވެ. އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމެއް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 19 އަހަރުގެ މީހާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާއިރު، 20 އަހަރުގެ މީހާގެ ބައިވެރިވުން އެނގޭނޭ ސީސީޓިވީ ފުޓޭޖް ހުށަހެޅުމަށް ކޯޓުން ވަނީ އަންގާފަ އެވެ.ގަލޮޅު ދަނޑުގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ހުކުރު ދުވަހުވެސް ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ހ. ހިލްޓަން، މާލެ، އިބްރާހިމް އަލީފް ރައޫފް (34 އ) އާއި ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމް (21 އ) އެވެ.މި ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.މާރާމާރީ ހިނގީ މިދިޔަ ބުދަ ދުވަހު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނެޓް ތެރޭގަ އެވެ. ހަމަނުޖެހުން ހިންގުމަށް ދަނޑު މައްޗަށް އެރި ސަޕޯޓަރުންގެ ބަޔަކު ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދާއި އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ހަމަލާދީފަ އެވެ.އެ މެދު ހުއްޓާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީ އެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އަދި ކުޑަހެންވޭރު ޔުނައިޓެޑުން ބުނީ މެޗުގެ ބާކީ ބައި ކުޅެން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ހުއްޓާލިއިރު އޮތް ނަތީޖާއާއެކު ވިކްޓްރީ ސެމީ ފައިނަލަށް ގޮސްފައިވާ ކަމަށް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ