މޫސުން ރަނގަޅުވުމާއިއެކު، އަމީނީ މަގުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް

އަމީނީ މަގުގެ މަސައްކަތް އަލުން ފަށައިފިއެވެ.
އާރްޑީސީން އެކްސް ގައި ކުރި ޕޯސްޓެއްގައި ވަނީ މޫސުން ރަނގަޅަށް އޮތުމާއެކު އަމީނީމަގުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.
އަދި މޫސުން ރަަނގަޅު ނަމަ ކުރިން ވެސް ކުރަމުން އައިގޮތަށް 24 ގަޑިއިރު މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެ މަސައްކަތް މެދުކަނޑާލާފައިވަނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެންނެވެ.
އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ހިނގާބިނގާވެ އުޅުމަށް އާންމުންނަށް ރައްކާތެރި ސަރަހައްދަކަށް ނުވުމުން، އެ ސަރަހައްދަށް ނުވަނުމަށް ވެސް އެކުންފުނިން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.
އެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރުކުރިއަށް ދަނީ ކޭބަލްތައް ވަޅުލުމާއި ޕަންޕް ސްޓޭޝަންތައް ހެދުމާއި ޕޭމަންޓް ކައިރީގައި ޖަހަންޖެހޭ ގައު ތައް ޖެހުން ފަދަ މަސައްކަތެވެ.
އަމީނީ މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ނުނިމި އޮތް ބައިގެ މަސައްކަތް ފެށީ މިދިޔިަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ