ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ވެލިދޫ ދާޢިރާގެ ކުރީގެ މެމްބަރ ޢަބްދުالله ޔާމީން ރަޝީދު އައްޔަން ކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ މަތިން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުالله ޔާމީން ރަޝީދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޕީސީބީން މަޢުލޫމާތު ދެއްވި ގޮތުގައި ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ސ.ހުޅުދޫ، ކަޅުމަގިގެ ޢަބްދުالله ރަޝީދު ވަނީ އެމަޤާމުން ވަކި ކުރައްވާފައެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤަމަށް އައްޔަށް ކުރެއްވި ޢަބްދުالله ޔާމީން މީގެ ކުރިން ވަނީ ރާއްޖޭ ޓީވީ އާއި ސަންގު ޓީވީ އަދި ދިވެހި ޗެނަލްގައި މަސައްކަތް ކުރައްވާފައިވެއެވެ.
ޕީއެސްއެމްގެ ޑީއެމްޑީގެ މަޤާމަށް ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ