މެމްބަރު ސައުދު ދޫކޮށްލުމަށް ގޮވާލައި ވިލިގިނލީގައި މުޒާހަރާ ކޮށްފި

ވިލިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސެއިން ދޫކޮށްލުމަށް ގޮވާލައި ގއ. ވިލިނގިލީގައި މުޒާހަރާ ކޮށްފިއެވެ.
 
އާދީއްތަ ދުވަހު ވިލިނގިލީގެ ބޮޑެތި މަގުތަކުގައި ކުރި މުޒާހަރާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވިއެވެ. މި މުޒާހަރާގައި ވިލިގިނލީގެ ބައެއް ކައުންސިލް މެމްބަރުން ވެސް ވަނީ ވާހަކަ ދައްކައިފައެވެ.
 
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މި މުޒާހަރާ އިންތިޒާމް ކުރި  ފަރާތުން ބުނީ ވިލިގިނލީ ދާއިރާގެ ރައްޔިތުން އަދި ވެސް ގަބޫލުކުރަނީ ސައުދަކީ އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑަނޭޅޭނެ ކަމަށް އޭނާ ބުންޏެވެ.
 
އެހެންކަމުން މުޒާހަރާގެ ބައިވެރިން ވަނީ މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް މިނިވަން ކުރުމަށް ގޮވާލައިފައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ