ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ އަޑު އެހުމަށް ގާސިމް ކޯޓަށް ވަޑައިގެންފި

ދައުލަތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ކުރާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ އަޑުއެހުމަށް ގާދިމް ކޯތަށް ހާޒިރުވެވަޑައިގެންފިއެވެ.
ގާސިމްގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ 13:30 އަށެވެ.
ގާސިމްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާ އިރު މިހާރު ކުރިއަށް ގެންދަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއެވެ.
ދައުލަތުން ގާސިމްގެ މައްޗަށް ދެން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. އެ ދައުވާތައް އުފުލާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާއި ގުޅިގެން މ.ކުނޫޒުގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
އެ މައްސަލައާއި ގުޅިގެން އިއްޔެ ބޭއްވި އަޑުއެހުމުގައި ގާސިމްގެ ޕާސްޕޯޓު ދޫކޮށް ދިނުމަށާއި އަޑުއެހުންތައް ހުޅުވާލައިގެން ބާއްވަން ވަނީ އެދިފައެވެ. ނަމަވެސް ކޯޓުންވަނީ ގާސިމްގެ ޕާސްޕޯޓު ދޫކުރެވެން ނެތް ކަމަށް ބުނެފައެވެ.
އެމައްސަލައަކީ މީގެ ކުރިން ޕީޖީން ހާޒިރު ނުވެގެން ބޭރުކޮށްފައިވާ މައްސަލައެކެވެ. ކްރިމިނަލް ކޯޓުންވަނީ އެ މައްސަލަ ކުރިން ގެންގޮސްފައިވާ ހިސާބުން ފަށަން ނިންމާފައެވެ.
ވީއެެފްޕީއަށް އެނގިފައިވާ ގޮތުގައި އިއްޔެގެ އަޑުއެހުން ނިންމާލާފައިވަނީ ގާސިމްގެ މައްސަލައާއި ގުޅުން ހުރި ލިއުންތަކެއް ވަކީލުންނަށް ދިނުމަށް ޕީޖީއަށް އެންގުމަށްފަހުއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ