2018ގެ އިންތިހާބު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެހީތެރިކަމާނުލާ ރައީސް ޔާމީން ކާމިޔާބެއް ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމް ދެ ފެކްޝަނަކަށް ބެހިފައިވާއިރު, އުމަރު ނަސީރު ވަނީ ރައީސް މައުމޫންގެ ފެކްޝަން ކައުންސިލަށް އަލަށް އައްޔަން ކުރައްވާފައެވެ. ރޭ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި އެބޭފުޅާ ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.
އަދި ވެރިކަމަށް އަރަން ބޭނުންނަމަ ޕާޓީތަކާ ކޯލިޝަން ހަދަންޖެހޭކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނާ އެއްވެސް ބަޔަކު ކޯލިޝަން ނަހަދާނެ މައިގަނޑު ސަބަބަކީ ކޯލިޝަނަކުން ވެރިކަމަށް ވަޑައިގަތުމުން ކޯލިޝަން ގެ މެމްބަރުން "ކަނޑަށްވައްޓާލުމުންނެވެ".
އޭގެ އިތުރުން ޕީޕީއެމްގެ ރައީސް މައުމޫން ރައީސް ޔާމީނަށް ފާޑުކިޔުންތައް އަމާޒުވެފައިވަނީ ރައީސް ޔާމީން ކުރައްވާ ކަންތައް ގޯހުން ގޯހަށް ދިޔައިމައެވެ.
އުމަރު އިތުރަށް ވިދާޅުވިގޮތުގައި ޕީޕީއެމް އުފެދުނުއިރު އަދި އިންތިހާބުން ކާމިޔާބުވުމާއިއެކު ރައްޔިތުންނަށް ތަރައްގީ އާއި އަމާންކަން ގެނެސްދިނުުމަށް ވަނީ ވައުދުކޮށްފައެވެ. ނަމަވެސް މިއަދު ފެނިގެން ދަނީ ހަމަތަކާއި އުސޫލްތަކާ ދުރަށް ޕާޓީގެ ކަންކަން ދާ މަންޒަރު ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އަދި ސަރުކާރުން މަޖިލީހުގައި މެޖޯރިޓީ އޮވުމާއެކު ފާސް ކުރަމުންދަނީ ވަރަށް ގެއްލުން ހުރި ގާނޫނުތަކެއް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް މައުމޫން ޕީޕީއެމުން ބޭރު ކުރާ ދުވަހަކީ އެ ޕާޓީ ހަމައެކަނި ތޮށިގަނޑަކަށް ވާނެ ދުވަސް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން 2018ގެ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ