ރައްޔިތުން ނުކުމެ ހާލަތު ބަދަލުކުރަން ނަޝީދު ގޮވާލައްވައިފި

ގައުމާއި ދީނާއި ހައްގުތަކުގެ ދިފާއުގައި ރައްޔިތުން މަގުތަކަށް ނުކުމެ މިރޭ އިހްތިޖާޖުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިގޮތަށް ގޮވާލެއްވީ މިރޭ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި އިދިކޮޅު ޕާޓީތަކުން އިންތިޒާމްކޮށްގެން "ހުއްޓުވަން" ނަމުގައި އިހްތިޖާޖެއް ބޭއްވުމަށް ތައްޔާރުވަމުންދާތީ އެވެ.
"ގައުމެއްގެ ހަޔާތުގަ އަންނާނެ ހިނދުކޮޅުތަކެއް އެ ގައުމެއް އެއް ހާލަތުން އަނެއް ހާލަތަށް ފޮރޮޅިގެންދާ، މިއަދު މި ދީބު އެ ގޮވަނީ ނުކުތުމަށް، އިސްލާމް ދީނުގެ މަތުވެރި އުސޫލުތައް ބަޔާންކުރާ ކަރާމަތްތެރި އިންސާނާގެ ހައްގު ރައްކާތެރިކޮށް އިންސާފު ގާއިމުކޮށް ޑިމޮކްރަސީ އަނބުރާ ގެނައުމަށް އެންމެން ނުކުންނަވާ،" ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މިރޭ ޕާޓީތަކުން ބާއްވާ އިހްތިޖާޖަކީ ރައީސް އަބްދުﷲ ޔާމީން ގާނޫނު އަސާސީއާ ހިލާފު ގިނަ އަމަލުތަކެއް ހިންގަވަމުންދާ ކަމަށް ބުނެ އެކަންކަން ހުއްޓާލުމަށް ގޮވާލާ ބާއްވާ އިހްތިޖާޖެކެވެ. އިހްތިޖާޖު ނިންމާލާނީ އެކަންކަން ހުއްޓުވުމަށްފަހު ކަމަށް ވެސް ޕާޓީތަކުން ބުނެ އެވެ. ފުލުުން ވަނީ މިރޭގެ އިހްތިޖާޖަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ