ޒުވާނުންނަށް އިސްކަން ދީގެން ގައުމު ބިނާކުރެއްވި ވެރިޔަކީ ރައީސް ޔާމީން: މެމްބަރު ހުސެއިން

ރާއްޖޭގެ ޒުވާނުންނަށް ހާއްސަ އަހަމިއްޔަތު ކަމެއް ދީގެން ގައުމު ބިނާ ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއްކަމަށްވާ އައްޑޫ ލައިވްއަށް މެމްބަރު ހުސެއިން ފޮނުއްވި މެސެއްޖެގައި ވިދާޅުވެފައިވަނީ ގައުމެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމަކީ ޒަމާނީ ތަރައްގީއަށް އޮތް އެންމެ ބޮޑު ފުރުސަތު ކަމަށެވެ. އަދި މިއަދުގެ ބަވަނަވަމުން އަންނަ ދުނިޔޭގައި ކުރިއަރަމުން އަންނަ ހުރިހާ ގައުމަކުންވެސް މަސައްކަތްކުރަމުން ދަނީ އެމަގުން ކަމަށާއި، ޒަމާނީ އިލްމީ ވިސްނުމަކީ ކޮންމެ ގައުމަކަށް ވެސް ބޭނުންވާ ކަމެއް ކަމަށް މެމްބަރު ހުސެއިންގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.މީގެ އިތުރުން ރާއްޖޭގެ ޒުވާނުންނަށް ހާއްސަ އަހަމިއްޔަތު ކަމެއް ދީގެން ގައުމު ބިނާ ކުރުމުގައި ފަސް އަހަރުގެ ޒަމާނީ ތަރައްގީއެއް ގެނެސް ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ހުސައިން ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީންގެ މާލިމީކަމުގައި ހިންގާ ޕީޕީއެމުން އަބަދުވެސް ޒުވާނުންނަށް ދައްކަމުން ދަނީ އުޖާލާ ކުރިމަގެއް ކަމަށާއި  އެކަމަށް ޕީޕީއެމްއިން ފުރިހަމަ ޖާގަ އަބަދުވެސް އޮންނާނެ ކަމަށް ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވަން ރައީސް ޔާމިން އެމަނިކުފާނުގެ ޒައާމަތުގައި މަސައްކަތް ކުރެއްވި ނަމަވެސް މިހާރު ސިޔާސީ މައިދާނުގައި ޒުވާނުންނަށް ދަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުން ކަން ވެސް އޭނާވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަންކަމަށް ޕީޕީއެމްގެ ސަރުކާރެއްގައި ހައްލު ހޯއްދަވާ ދެއްވާނެ ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ފަސް އަހަރުގެ ޒައާމަތް ނިމިގެން ދިޔައިރު، ޒުވާނުންނަށްޓަކައި އެކުލަވާލެއްވި މެނިފެސްޓޯގެ ވަރަށް ބޮޑު ބައެއް ވަނީ ތަންފީޒު ކުރައްވާފައެވެ. ވަޒީފާގެ އެތައްހާސް ފުރުސަތެއް ޒުވާނުންނަށް ފަހިކޮށްދެއްވާފައިވާއިރު، ޒުވާނުންނަކީ މަގުމަތީގައި ކަމެއް ނެތިގެން އުޅޭ ބައެއްގެ ގޮތުގައި ދެކޭ ދެކުންވެސް އެމަނިކުފާނު ވަނީ ބަދަލު ކުރައްވާފައެވެ. މީގެ އިތުރުން ޒުވާނުންނަކީ ކުށްކުރުމުން އެއްކިބާވެ ބިނާކުރަނިވި ބަޔަކަށް ހެދުމަށް ރައީސް  ޔާމީންގެ ޒައާމަތުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ޒުވާނުންނަކީ ކުށުގެ ވެށިން އެއްކިބާވެ، ބިނާކުރަނިވި ބަޔަކަށް ހަދައި، އާމްދަނީ ލިބޭ ޒުވާން ޖީލެއް ބިނާކޮށް ޒުވާނުންނަކީ ޖީލު އާރާސްތުކުރާ ބަޔަކަށް ހެދުމަށް ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ އަކަށް ވެގެން ދިޔައީ ކުށުގެ ވެށިން ސަލާމަތްވެފައިވާ ބަޔަކަށް ޒުވާނުން ވެގެން ދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ