ޑީއާރުޕީގެ މެމްބަރު، ގދ އަތޮޅު ކައުންސިލްގެ ރައީސް ޕީޕީއެމްއަށް ސޮއިކޮށްފި

ގދ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމުގައި ހުންނެވި ޑީއާރުޕީގެ މެމްބަރު މުހައްމަދު ނިޒާމް ޑީއާރުޕީން ވަކިވެވަޑައިގެން ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނިޒާމް ވިދާޅުވީ ޑީއާރުޕީން ވަކިވެވަޑައިގެން ޕީޕީއެމްއަށް ސޮއިކުރެއްވީ މިއަދުގެ ހަވީރުގެ ވަގުތެއްގައިކަމުގައެވެ. ނިޒާމް ޕީޕީއެމްއަށް ސޮއިކުރައްވާފައިވަނީ ޕީޕީއެމްގެ އޮފީހުގައެވެ.
ޕާޓީ ބަދަލުކޮށްފިނަމަ އަދި ޕާޓީން ވަކިކޮށްފިނަމަ ކައުންސިލަރުންގެ ކައުންސިލްގޮނޑި ގެއްލޭނެކަމަށް ލޯކަލްކައުންސިލްތަކުގެ ޤާނޫންގައިބުނާ މާއްދާ ސްޕްރީމްކޯޓުން ބާތިލްކޮށްފައިވަނީ މިއަދުއެވެ. އެއާއިއެކު ޑީއާރުޕީގެ ބައެއް ކައުންސިލަރުންވަނީ ޕީޕީއެމްއަށް ބަދަލުވާނެކަމުގެ އިޝާރާތްކޮށްފައެވެ.
ސްޕްރީމް ކޯޓުން ޤާނޫނުގެ އެމާއްދާ މިއަދު ބާތިލްކުރިއިރު ޕާޓީން ވަކިކުރުމުގެ ސަބަބުން ބައެއް ކައުންސިލަރުންގެ ގޮނޑި މީގެކުރިންވަނީ ގެއްލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ