ރާއްޖެ-ޕާކިސްތާން ސެމީ ފައިނަލް މިއަދު ހަވީރު
މާލޭގައި މިހާރު ކުރިއަށްދާ އޭވީސީ ސަބް ޒޯނަލް ބީޗް ވޮލީބޯޅާ މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ހަވީރު 4 ޖަހާއިރު ޕާކިސްތާނާ ދެކޮޅަށް ދިވެހިރާއްޖެ ނުކުންނާނެ އެވެ. ހެންވޭރު ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި މިއަދު މެންދުރުފަހު 2 ޖަހާއިރު ވާދަކުރާނީ އިންޑިއާ އާއި އަފްގާނިސްތާނެވެ. ރާއްޖެ ސެމީން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަންގްލަދޭޝް އާއި އަފްގާނިސްތާން އަތުން މޮޅުވެ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނެނީ ޝިއުނާޒް އަބްދުލް ވާހިދު އާއި އަހުމަދު އަނިލް ނަސީރުގެ ޕެއާ އަދި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގް އާދަމް (އައްކާޅޭ)ގެ ޕެއާ އެވެ. މުބާރާތުގެ ފައިނަލް މެޗު މާދަމާރޭ ކުޅޭއިރު ތިން ވަނަ ހޮވާ މެޗު އޮންނާނީ މާދަމާ ހަވީރެވެ. މުބާރާތުގެ އަންހެން ބައިގެ ފައިނަލުގައި މިރޭ ނޭޕާލާ ދެކޮޅަށް ރާއްޖެ ނުކުންނާނެ އެވެ. އަންހެން ބައިގައި ވާދަކުރަނީ ހަމައެކަނި މި ދެ ޓީމަށް ވުމުން، ފައިނަލެއް ކުޅުމަށް ފަހު ޗެމްޕިއަން ކަނޑައަޅަނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ