ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު އިތުރުކުރަން ޕްރޮގްރާމެއް ފަށަނީ
ރާއްޖޭގައި 2028 ވަނަ އަހަރުގެ ނިޔަލަށް ފަތްކެޔޮ އުފައްދާ މިންވަރު 50 ޕަސެންޓުން އިތުރުކުރުމުގެ އަމާޒުގައި އެގްރިކަލްޗާ މިނިސްޓްރީން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.އެގްރިކަލްޗާ މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 އިންސައްތައަށް އިތުރުކުރުން ކަމަށެވެ. މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކޮމިޓީތަކުން ޕްލޭނެއް އެކުލަވާލައި ހުށަހަޅަންޖެހެ އެވެ.މި ޕްލޭންގައި 500 ފަތްކެޔޮ އިންދުމަށް އެންމެ އެކަށޭނެ ސަރަަޙައްދުގެ ތަފްޞީލާއި (ސަރަޙައްދުގެ ބޮޑުމިން، ސަރަޙައްދު ފާހަގަކޮށްފައިވާ ޗާޓު)އަދި ފަތްކެޔޮ ދަނޑު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ހިމަނަން ޖެހެ އެވެ.މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލުތައް އެގްރިކަލްޗާ މިނިސްޓްރީން ވަނީ އާއްމުކޮށްފަ އެވެ. ސެޕްޓެމްބަރު 25، ގެ 14:00 ގެ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ރަށްރަށުން ޕްލޭން ފޮނުވަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ