އޮޕަރޭޝަން އަލިމަގު: އައްޑޫގެ މަސްތުވާތަކެތީގެ ބޮޑުންތަކެއް ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ހިދުމަތުން ފަށާފައިވާ ބިޔަ އޮޕަރޭޝަން، އޮޕަރޭޝަން އަލިމަގުގެ ތެރެއިން އައްޑޫގައި ޑްރަގު ވިއްކާ ވިޔަފާރިކުރަމުންދިޔަ އިސް ބަޔަކު ހައްޔަރުކޮށްފިއެވެ.ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސްމީހުން، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ "އަލިމަގު" އޮޕަރޭޝަންގެ ދަށުން ފުލުހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.އެ ނެޓްވޯކްގެ އިސްމީހުންނަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގެއް ފުލުހުން ފެށީ މިދިޔަ މާޗު މަހުގައި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.އިހުސާން ވިދާޅުވި ގޮތުގައި، އެ ނެޓްވޯކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރިކުރަމުންދާ ކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްތަކުގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވެ އެވެ.ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުުހުން އަދި ހާމައެއް ނުކުރެ އެވެމިދިޔަ މަހު 25ގައި ވަނީ، އެ އޮޕަރޭޝަނުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި އޮޕަރޭޝަނުގައި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށާއި ޖުމުލަ 188،959 ރުފިޔާ ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.މަސްތުވާތަކެތި ބޭނުންކުރުމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، މި މައްސަލައާ ދެކޮޅަށް އެކި ސަރުކާރުތަކުގައި މަސައްކަތްކުރި ނަމަވެސް މިހާތަނަށް އެދެވޭ ހައްލެއް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ