މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް އިނގިރޭސި ކުންފުންޏަކާއެކު އެއްބަސްވުމެއް

މިފްކޯއިން ރޯ މަސް ގަންނަން އިނގިރޭސިވިލާތުގެ ޕްރިންސަސް ގްރޫޕްއާ އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ)ގައި އިއްޔެ ސޮއިކޮށްފި އެވެ.މިފްކޯގެ ފަރާތުން އެއްބަަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު އެވެ. ޕްރިންސަސް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ގްރޫޕްގެ ޗީފް ޕާޗޭސިން އޮފިސާ ނީލް ބޮހަނަމް އެވެ. އެ އެއްބަސްވުމުގެ ދަށުން މަސް ގަތުމުގެ މިންގަނޑުތައް ހަރުދަނާކޮށް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރަން މަސައްކަތްކުރާނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.އިނގިރޭސިވިލާތަކީ މިހާރު ވެސް ރާއްޖޭގެ މަސް ދަޅު އެންމެ ގިނައިން ބޭރުކުރާ އެއް ގައުމެވެ.މިފްކޯ އިން އިނގިރޭސިވިލާތުގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއި ކުރިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު ރަސްމީ ދަތުރުފުޅެއްގައި ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ